Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ޕާޓީތަކުން މެމްބަޝިޕް ފޯމް ހުށަހެޅުން މަދުވެއްޖެ

ސިޔާސީ ޕާޓީތަކަށް ވަނުމަށް ކުރިން ބޭނުން ކުރަމުން އައި ފޯމްގެ ބަދަލުގައި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭ ފޯމްތައް ބޭނުން ކުރަން ފެށުމާ އެކީ ޕާޓީތަކުން ހުށަހަޅާ ފޯމްތައް މިހާރު މަދުވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ތަފާސްހިސާބަކާ އެކީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ 1 އިން ފެށިގެން ބޭނުން ކުރަން ފެށި އާ ފޯމާ އެކީ، އެ މަހުގެ ތެރޭގައި ޕާޓީތަކުން ހުށަހެޅި ފޯމްތަކުގެ އަދަދު 2021 ގެ އެ މުއްދަތުގައި ހުށަހެޅި ފޯމްތަކަށް ވުރެ 22 ޕަސެންޓް މަދު ކަމަށެވެ. އެގޮތުން މިދިޔަ މަހު މިދިޔަ ޕާޓީތަކުން އެންމެ 1،013 ފޯމް އީސީ އަށް ހުށަހެޅި އިރު، 2021 ޑިސެމްބަރުގައި 22،398 ފޯމު ހުށަހެޅި އެވެ.


އީސީން ސިޔާސީ ޕާޓީތަކަށް ހާއްސަ ފޯމްތަކެއް ބޭނުންކުރަން ފެށި އެއް ޕާޓީގެ މެންބަރުން އަނެއް ޕާޓީ އަށް ނޭނގި ވެއްދުން ފަދަ މަައްސަލަތައް އިތުރުވެ، އެފަދަ ޝަކުވާތައް ހުށަހެޅެމުން ދިއުމާ ގުޅިގެންނެވެ.

އަލަށް ބޭނުން ކުރަން ފެށި ފޯމާ އެކީ ސިޔާސީ އޭގެ ސައްޙަކަން އިތުރަށް ކަށަަވަރުކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްއެސް ކުރުމާއި، އީސީގެ ވެބްސައިޓުގައި ފޯމުގެ މަޢުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ވެސް ދެވޭ ކަމަށެވެ.

އާ ފޯމް ތައާރަފުކުރުމަށް ފަހު މިދިޔަ މަހުން ފެށިގެން އީސީން އަންނަނީ ޕާޓީތަކަށް ސޮއިކުރާ މީހުންގެ ނަން ވެސް އާންމުކުރަމުންނެވެ. އަދި ފޯމު ހުށަހަޅާ މީހުންގެ ފޯނަށް މެސެޖެއް ވެސް ފޮނުވަ އެވެ. އޭގެ އިތުރުން ވަގު ފޯމު ހުށަހަޅާ ޕާޓީތައް 10،000ރ. އިން ޖޫރިމަނާކުރަން މިހާރު ނިންމައިފަ އެވެ.