މާލޭ ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް 1000 ލީޓަރު ތެޔޮ އެޅިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ގިނަ އަދަދެއްގެ ކަޅުތެޔޮ ނެގުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި މިއަދުވެސް ކުރަމުންދާ ކަމަށެވެ.
އެގޮތުން 1000 ލީޓަރުގެ ތެޔޮ އެޅިފައިވާކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މާލޭ ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއިން މިހާތަނަށް 400 ލީޓަރުގެ ތެޔޮ ނެގިފައިވާ ކަމަށެވެ.