އޮސްޓްރޭލިއާގެ ޓޫރިސްޓް ސަރަހައްދެއްގައި މިއަދު ވައިގެ ތެރޭގައި ދެ ހެލިކޮޕްޓަރު މުޑިއަރައި، އެކަތި ވެއްޓި ހަތަރު މީހަކު މަރުވެއްޖެ އެވެ.
ކްއީންސް ލޭންޑް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގެ ސީވޯލްޑް ސަރަހައްދުގައި މި ހާދިސާ ހިނގީ އެއް ހެލިކޮޕްޓަރު ލޭންޑްކުރަން އުޅެނިކޮށް، އަނެއް ހެލިކޮޕްޓަރު އުދުއްސާލުމުގެ ތެރޭގައި ޖެހިގެންނެވެ. މި ހާދިސާގައި އުދުއްސާލި ހެލިިކޮޓަރުގައި ތިބި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެ، އަނެއް ތިން މީހުންނަށް ސީރިއަސް ގެއްލުންތަކެއް ލިބި، މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ނަަމަވެސް ލޭންޑްކުރަން މަސައްކަތްކުރި ހެލިކޮޕްޓަރުގައި ތިބި ހަ މީހުންނަށް ސީރިއަސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެކަމަކު އާންމުވެފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ހެލިކޮޕްޓަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.
މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.