Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތް ކުރިއަށް

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް)ގެ މަސައްކަތް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން، ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ފުރާޅުގެ ބީމް މަސައްކަތްތަކުގެ 81 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއަކީ 5.9 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ.