Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޓެސްލާ އިން 1.3 މިލިއަން ވެހިކަލް ވިއްކި

ޓެސްލާ އިން މިދިޔަ އަހަރު 1.3 މިލިއަން އިލެކްޓްރިކް ވެހިކަލް ވިއްކާފައިވާ ކަމަށް ބުނެފި އެވެ.

މަހުޖަނު އީލޮން މަސްކްގެ ކުންފުނިން ރެކޯޑް އަދަދަކަށް މިދިޔަ އަހަރު ވެހިކަަލް ޑެލިވަރީކޮށް ދިން އިރު އަހަރުގެ އެންމެ ފަހު، ތިން މަހުގައި އެކަނި ވެސް 405،000 ވެހިކަލް ޑެލިވަރީކޮށް ދީފައިވެ އެވެ. އަހަރު ނިމުނު އިރު ޖުމްލަ 1.3 މިލިއަން ވެހިކަލް ޑެލިވަރީކޮށް ދިން އިން އިރު، އެއީ 2021 އާ އަޅާބަލާ އިރު 40 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓެސްލާ އަކީ ދުނިޔޭގައި އިލެކްޓްރިކް (އީވީ) އުފެއްދުމުގައި އެންމެ ނަގާ ކިޔާ ކުންފުންޏެވެ.

ޓެސްލާގެ ވިޔަފާރި މިދިޔަ އަހަރު ރަނގަޅު ނަމަވެސް މި އަހަރު ވިޔަފާރި އެހާ ރަނގަޅު ނުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ސަބަބަކީ މި ވަގުތު ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކީ ގިނަ ގައުމުތަކުގައި އިންފްލޭޝަން ވެސް އުފުލި، ތަކެތީގެ އަގު ވެސް މިދިޔަ އަހަރަށް ވުރެ ބޮޑަށް އުފުލި އަދި ރިސެޝަން ފަދަ ދަތިތައް ކުރިމަތީގައި ހުރުމެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނެފައިވާ ގޮތުގައި މި އަހަރު ދުނިޔޭގެ އިގުތިސާދުގެ ތިން ބައިކުޅަ އެއްބައި އޮންނާނީ ރިސެޝަނެއްގެ ތެރޭގަ އެވެ.