Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ނަޝީދަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނަށް ފުވައްމުލަކުސިޓީއަށް ވަޑައިގެންފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވާއިރު އެމަނިކުފާނު އަންނަނީ ހުއްޓުމެއްނެތި ކެމްޕޭން ކުރައްވަމުނެވެ.

އެގޮތުން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައިވާއިރު އިއްޔެ ވަނީ މާލޭގައި ދޮރުންދޮރަށް ހިންގަވާފައެވެ. އަދި ރޭ އެމަނިކުފާނު ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

އެމްޑިޕީގެ ރިޔާސީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.