އިދިކޮޅި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިދިކޮޅުން މުޒާހަރާ ކުރަމުން އަންނައިރު ރޭގެ މުޒާހަރާގެ ތެރެއިން ވެސް 15 މީހަކު ހައްޔަރު ކޮށްފައިވެއެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއުވެސް ހިމެނެއެވެ. ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެވެސް ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.
އިދިކޮޅު މުޒާހަރާގެ ބައިވެރިން މާލޭގެ އެކި މަގުތަކުގައި އަޑުއުފުލާއިރު، ގޮވާލަމުން އަންނަނީ ރައީސް ޔާމީން ދޫކޮށްލުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށެވެ.
ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ނެގިކަމަށް އަދި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.