Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ގެއްލުނު މީހާ ގެސްޓް ހައުސަކުން ފެނިއްޖެ: ފުލުހުން

ވިލިމާލެ އިން ދެ މީހުންނާއެކު ފުރި ތެޔޮ ބޯޓަކުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ތެޔޮ ބޯޓުން ގެއްލުނު މީހުންގެ ތެރެއިން ގދ. ތިނަދޫ / މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމް މާލޭގެ ގެސްޓް ހައުސަކުން މިއަދު ފެނިފައިވާ ކަމަށެވެ.

އޭނާގެ ހާލތު ރަނގަޅު ކަމަށާއި، އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މީގެއިތުރުން ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެއް ވެސް ގެއްލިފައިވެއެވެ. އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

މިމީހުން ވިލިމާލެއިން ޑިސެމްބަރު 28 ވަނަ ދުވަހު ފުރިފަހުން ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ.