Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނިޒާމު މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

މުޙައްމަދު ނިޒާމް-

ގެއްލިގެން ހޯދަން އިއުލާނުކުރި ދެ މީހުންގެ ތެރެއިން މިއަދު ފެނުނު މުހައްމަދު ނިޒާމު ހައްޔަރު ކޮށްފިއެވެ.

ވިލިމާލެ އިން ދެ މީހުންނާއެކު ފުރި ތެޔޮ ބޯޓަކުން ގެއްލުނު ދެ މީހުންގެ ތެރެއިން ގދ. ތިނަދޫ / މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމް މިއަދު މާލޭގެ ގެސްޓް ހައުސަކުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވަނީ މިއަދު މެންދުރު 12:36 ގައެވެ.

އޭގެފަހުން ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނިޒާމު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދުމަށް އިއުލާނު ކުރި ދެވަނަ މީހަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަންއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.