Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ސަލާހް ސޮއިކުރި ޖާޒީއެއް މައުމޫނަށް

މިސްރުގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު ސަލާހް ސޮއިކޮށްފައިވާ ޖާޒީއެއް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދިޔާއަކަށް ފޮނުވައިފި އެވެ.

ލިވަޕޫލަށް ކުޅޭ ސަލާހު، 30، ފޮނުވި ޖާޒީ މައުމޫނާ މިއަދު ހަވާލުކޮށް ދިނީ ލިވަޕޫލާއި އިޓަލީގެ ގިނަ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ ސިމާއު ސައީދެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޖާޒީ އަކީ ލިބުވަޑައިގަތް ހަޒާނާއެއްގެ ގޮތުގައި ސިފަކުރައްވައުފަ އެވެ. އެ މަނިކުފނު ވިދާޅުވީ ސަލާހަކީ ޝައްކެއް ވެސް ނެތި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. ވެސް މައުމޫން ކުރެއްވި ޓްވީޓުގައި ވެއެވެ.

މައުމޫން، 85، އަކީ ސަލާހް މިހާރު ކުޅޭ ލިވަޕޫލްގެ ވަރަށް ބޮޑު ސަޕޯޓަރެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އެ ކުލަބަށް ސަޕޯޓްކުރައްވަން ފެއްޓެވީ މީގެ 60 ވަރަށް އަހަރު ކުރިންނެވެ.