Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އުމަރު ކެމްޕޭނަށް ތައްޔާރުވާން ފަށައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކެމްޕެއިނަށް ތައްޔާރުވާން ފަށައިފި އެވެ.

އުމަރު ވިދާޅުވީ އޭނާގެ ރިޔާސީ ކެމްޕެއިން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވިފައިވާ ކަމަށެވެ.

"ޑްރަގާ، ގޭންގުތަކާ، ބިދޭސީ ސިފައިންގެ ނުރައްކަލުން މި ޤައުމު ސަލާމަތް ކޮށް، މިރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމުގެ ދަތުރު މިވަނީ އިރާދަކުރެއްވިއްޔާ ފެށިފައި." އުމަރު ވިދާޅުވި އެވެ.

އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

އުމަރު ކެމްޕެއިނަށް ތައްޔާރުވާން ފަށާފައިވާއިރު ދާދިފަހުން އޭނާ ވަނީ އިގްތިސާދީ ވައުދުތައް ހާމަކުރައްވާފަ އެވެ.

އުމަރުގެ އިގްތިސާދީ އެޖެންޑާގައި ހިމެނޭ ބައެއް ކަންކަމަކީ އުތުރުގައި ޓްރާންޝިޕްމަންޓް ފޯޓެއް ހެދުމާއި އައްޑޫގައި ފްރީ ޓްރޭޑް ޕޯޓް ޒޯނެއް ގާއިމުކުރުން ހިމެނެ އެވެ. އަދި ރާއްޖޭގައި ގޭސް ހުރިތޯ ބެލުމާއި ވެލިއު އެޑް ކޮށްގެން މަސް އެކްސްޕޯޓް ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ސަރުކާރުން ވިޔަފާރި ކުރުން ހުއްޓާލުމަކީ ވެސް އުމަރުގެ އިގްތިސާދީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.