އުރީދޫ މޯލްޑިވްސްގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
އުރީދޫން ބުނީ އައިއެސްޕީ އަށް ދިމާވި ކުއްލި މައްސަލައެއްގެ ސަބަބުން، ބައެއް ކަސްޓަމަރުންނަށް މި ވަގުތު ސުޕަނެޓް އަދި މޯބައިލް ޑޭޓާގެ ހިދުމަތް ބޭނުން ކުރުމުގައި ބުރޫތަކެއް އައުމަކީ އެކަށީގެންވާ ކަމެެއް ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް އައިއެސްޕީއިން އިމަޖެންސީ މެއިންޓެނަންސް ހަރަކާތެއް ކުރިއަށް ގެންދާ ކަމަށް އުރީދޫން ބުނެ އެވެ.
Due to an unforeseen incident faced by our International Service Provider (ISP), customers may be facing disruptions in using Mobile Data & SuperNet services at the moment. To resolve the issue, an emergency maintenance activity is being carried out by our ISP.
— Ooredoo Maldives (@OoredooMaldives) January 3, 2023
އުރީދޫން ވަނީ މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދިފަ އެވެ.