މަސްވެރިކަމާ ގުޅޭ ގޮތުން ލަފާ ދޭ ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާތީ އެ ކޮމިޓީ އަށް ކުރިމަތިލާނެ މީހުން ހޯޯދަން އިއުލާންކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަނީ ކަނޑުމަހުގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަން މެނޭޖްކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން އެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 19 އާ ހަމައަށެވެ. ކޮމިޓީ މަސްވެެރިކަމުގެ ދާއިރާގެ ތަފާތު މަސައްކަތްކުރާ މީހުންނާއި އާންމުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.
މިކަމަށް އެދި ހުށަހަޅަން ޖެހެނީ މި [email protected] މެއިލް މެދިވެރިކޮށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 3339223 ނުވަތަ 3339218 އިން ހޯދޭނެ އެވެ.
މިއީ މިނިސްޓްރީން ބުނި ގޮތުގައި މިއީ ކޮމިޓީ އަށް މެމްބަރުން ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ. އެކަމަކު ފުރަތަމަ ދިން ސުންގަޑި ހަމަވި އިރު، އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.

ލަފާދޭ ކޮމިޓީ އަށް މެމްބަރިން ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެ ކޮމިޓީގެ މެމްބަރުންގެ މައިގަނޑު އެއް މަސްއޫލިއްޔަތަކީ ކަނޑުމަހުގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަން، މިއިން ކޮންމެ ދާއިރާއެއްގެ ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޒުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއް ފަހަރު ފިޝަރީޒް މިނިސްޓްރީ އަށް ހުށަހެޅުމެވެ.
މަސްވެރިކަމާ ގުޅޭ ލަފާ ދޭ ކޮމިޓީއެއް އެކުލަވައިލަން މަސައްކަތްކުރަމުން އަންނަ އިރު، މަސްވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ އިގުތިސާދުގައި ދެވަނަ އަށް އެންމެ ބޮޑު ދާއިރާ އެވެ. އަދި ރާއްޖޭގެ މައިގަނޑު އެކްސްޕޯޓް ވެސް ބިނާވަނީ ވެސް މަސްވެރިކަމުގެ ދާއިރާއަށެވެ.
ރާއްޖެ އަކީ ދޮށީގެ މަސްވެރިކަމުގައި ދުނިޔޭގެ އެންމެ ނަގާކިޔާ ގައުމެވެ.