Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

އިންޓަނޭޝަނަލް ސްކޫލްގެ ބީލަމަށް އިތުރު މުއްދަތެއް

ހއ. ހޯރފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

އެ ކައުންސިލުން މިއަދު ބުނީ ކައުންސިލުގެ ސްކޫލް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު މި މަހުގެ 22 އާ ހަމަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެކަމަށް ދިން މުއްދަތަކީ މި މަހުގެ 10 އެވެ.

ހޯރަފުށީ ކައުންސިލުން ބުނީ މުއްދަތު އިތުރުކުރީ އެކަމަށް ގިނަ ފަރާތްތަކުން އެދުމާ ގުޅިގެން ކަމަށެވެ.