މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެންފައިވަނީ އިއްޔެއެވެެ.
ރައީސް ނަޝީދު ވަނީ ފުވައްމުލަކުގައި ދޮރުން ދޮރަށް ހިންގަވާ އެމްޑިޕީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ބައެއް އަވަށްތަކުގައި ކެމްޕޭން އެއްވުންވެސް ބާއްވާފައިވެއެވެ.
ޖެނުއަރީ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ހުއްޓުމެއްނެތި ކެމްޕޭން ކުރައްވަމުން އަންނައިރު އެމަނިކުފާނުވަނީ ހއ. ގެ ބައެއް ރަށްތަަކަށް ވެސް ވަޑައިގެންފައެވެ. އަދި މާލޭގައި ވެސް ދޮރުންދޮރަށް ހިންގަވާ ކެމްޕޭން ހަރަކާތްތައް ބާއްވަވާފައިވެއެވެ.
މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތްތައް އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތައްކުން ކުރިއަށްގެންދަވާއިރު، މިރޭ އެމަނިކުފާނުވެސް ކެމްޕޭންގައި ބައިވެރިވާނެ ކަމަށް މައުލޫމާތުލިބެއެވެ.