މި މަހު ރިލީޒްކުރާ ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ޓްރެއިލާ މި މަހުގެ 10 ގައި ރިލީޒްކުރާ ހަމަޖެހިއްޖެ އެވެ.
މިކަން ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކާއި ބައެއް ކްރިޓިކުން މިއަދު ހިއްސާކުރި ނަމަވެސް އެ ފިލްމު އުފެއްދި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާއި ޝާހްރުކް އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ.
#PathaanTrailer on 10 Jan 2023… #Pathaan [NO title change] arrives in *cinemas* on 25 Jan 2023 [#RepublicDay weekend] in #Hindi, #Tamil and #Telugu. pic.twitter.com/AbYCRn2W7s
— taran adarsh (@taran_adarsh) January 4, 2023
"ޕަތާން" ގެ ޓްރެއިލާ ރިލީޒްކުރުން ލަސްވެގެން ޝާހުރުކްގެ ވަރަށް ގިނަ ފޭނުން ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކާފައިވެ އެވެ. އަދި މީގެ ހަފުތާއެއްހާ ދުވަސް ކުރިން "އާސްކް އެސްއާރްކޭ" ގެ ނަމުގައި ޓްވިޓާގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނުގައި ވެސް ވަރަށް ގިނަ ފޭނުން ޓްރެއިލާ ނެރެނީ ކޮން އިރަކުތޯ އަހާފައިވެ އެވެ.
"ޕަތާން" ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގަ އެވެ. މި އެކްޝަން ތުރިލާގެ ޓީޒާއެއް ނޮވެމްބަރު މަހު އާންމުކުރި އެވެ. އޭގެ ފަހުން ފިލްމުގެ ދެ ލަވައެއް ވެސް ދައްކާލާފައިވެ އެވެ.
ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.