Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

މަހަށް ގޮސް ގެއްލުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެއްވަދޫ

ގއ. ދެއްވަދޫއިން މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮށްވާ ފެނިފައިވަނީ އެ ރަށު، އުމުރުން 56 އަހަރުގެ މުހައްމަދު ރަޝީދެވެ.

ފުލުހުން ބުނެފައިވަނީ ގއ. ދެއްވަދޫއިން މަހަށް ނިކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހެއްގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިއަދު ހެނދުނު 08:30 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި ދެއްވަދުއާ މޭލެއްހާ ބޭރުން ކަނޑުމަތިން އެމީހާ ފެނިގެން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.