Last Updated: July 5, 17:11
Saturday, July 5, 2025
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މިއަދު ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މިއަދު މެންދުރު 14:00 އިން 16:00 އަށް ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން އަންނަނީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.