Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ސޯލިހްގެ ކެމްޕޭން ތަރުޖަމާނަކަށް މާރިޔާ

މެޑަމް ފަޒްނާ, ރައީސް ސޯލިހް, މިނިސްޓަރު މާރިޔާ- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ސްޕޯކްސްޕާސަނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ހަމަޖައްސައިފިއެވެ.

ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހްގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ހިއްސާކޮށްދެއްވާނީ ކެމްޕޭންގެ ސްޕޯކްސްޕާސަން މާރިޔާ ދީދީ ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ސޯލިހްގެ ކެމްޕޭން ސްޕޯކްސްޕާސަނެއްގެ ގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްދެއްވީ މާރިޔާއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.