Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ރޭ ހާމަވި: ފަޒްނާ

ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން-

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ރޭ ހާމަވެގެން ގޮސްފައިވާ ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މެޑަމް ފަޒްނާ ވިދާޅުވީ، ރެ އަކީ ތާރީހީ ރެއެއް ކަމަށާއި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަދި އިދިކޮޅުގެ ޕީޕީއެމްގެ ޖަލްސާ އެއްތަނެއްގައި ބޭއްވި ކަމަށެވެ.

އެގޮތުން ރެއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ފެނިގެންދިޔަ ރެޔެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ.

"ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ." ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކެއްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތް ރޭ އެމްޑީޕީ މައި ހަރުގޭގައި ކުރިއަށް ގެންދިޔައިރު، އިދިކޮޅުގެ އެއްވުން ބާއްވާފައިވަނީ ހަރުގެ ކުރިމަތިން އާޓިފިޝަލް ބީޗުގައެވެ. އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވިއިރު އެއްވެސް ހަމަނުޖެހުމެއް ރޭ ހިންގާފައެއް ނުވެއެވެ.