Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނަޝީދު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވަނީ

މޯލްޑިވިއަން ޑިމޮކްރަޓީކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ހުންނަ ޓޭސްޓްމީ ކެފޭގައެވެ.

އެ ބައްދަލުވުމަށް ޓެކްސީ ޑްރައިވަރުންނަށްވަނީ ދައުވަތު ދެއްވާފައެވެ.

ރައީސް ނަޝީދު މިއަދު ހެނދުނު އަންނަވަނީ ގަލޮޅު އުތުރުގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

އެމްޑިޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. ރައީސް ނަޝީދާ މި އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ސޯލިހެވެ.