ޏ. ފުވައްމުލައް އެތެރޭގެ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ޏ. ފުވައްމުލައް އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޏ. ފުވައްމުލައް އެތެރޭގެ މަގުހެދުމުގެ މަޝްރޫއަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.