އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް އޭ ގައި ކިރިގިސްތާން އަދި މިޔަންމާ ބައްދަލު ކުރި މެޗްގެ 1-0 ލަނޑުން ކިރިގިސްތާން ޓީމް ކާމިޔާްބ ކޮށްފިއެވެ.
މި ނަތީޖާއާއި އެކު ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ފަލަސްޠީން ކަށަވަރުކޮށްފައިވާއިރު 4 ޕޮއިންޓާއި އެކު ރާއްޖެވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
ސެމީއަށްދާ އަނެއް ދެޓީމް ކަށަވަރުވާނީ މާދަމާ ހަވީރު ކުޅޭ ގްރޫޕް ބީގެ ނަތީޖާއިންނެވެ. މާދަމާ ހަވިރު އަފްއާނިސްތާން އާއި ލާއޯސް އައްޑޫގައި ކުޅޭ އިރު ޕިލިޕީންސް އަތި ތުރުކަމަނިސްތާން ކުޅޭނީ މާލޭގައެވެ.
ލާއޯސްގެ މައްޗަށް އަފްއާން ކާމިޔާބް ހޯދައިފިނަމަ ސެމީ ފައިނަލްގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ އަފްޢާނިސްތާން ޓީމް އާއި އެވެ.