ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމުގައި ކައުންސިލުން ވަނީ މި ވަގުތު ރަށުގައި ހިންގަމުން އަންނަ ތަރައްގީގެ އެކިއެކި މަަސައްކަތްތަކާއި ރަށަށް އިތުރަށް ބޭނުންވެފައިވާ ކަންކަމުގެ ވާހަކަ ރައީސާ ހިއްސާކޮށްފަ އެވެ.
As part of President @ibusolih’s visit to R. Alifushi Island, he met with members of the island council and WDC this morning, briefed them about the administration’s developmental plans, and inquired about the needs of the island’s community. pic.twitter.com/b3pDIWYQMj
— The President's Office (@presidencymv) January 5, 2023
ރައީސް ވިދާޅުވި ގޮތުގައި ކައުންސިލާއި އަންހެނުންގެ ކޮމިޓީން އެ މަނިކުފާނާ ހިއްސާކުރި ކަންކަން ހައްލުކޮށް ދެއްވަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ހައްލުތައް ހޯއްދަވައި ދެއްވަން މަސައްކަތްކުރައްވާނެ އެވެ.
— The President's Office (@presidencymv) January 5, 2023
ރައީސާއި އަނބިކަނބަލުން އަދި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް އަލިފުއްޓަށް ވަޑައިގެންނެވީ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިރޭ އެ ރަށުގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިއަދު ހަވީރު އެ ދުވަހާ ގުޅުވައިގެން އަލިފުށީގައި އާއިލީ ހަވީރެއް ވެސް ބާއްވަން ހަމޖެހިފައިވެ އެވެ.
އެ ރަށު ސްކޫލުގައި އިމާރާތްކޮށްފައިވާ މަލްޓިޕަޕަސް ހޯލު ވެސް ރައީސް ހުޅުއްވައި ދެއްވާނެ އެވެ.
އަލިފުށްޓަށް ކުރައްވާ ދަތުރު ރައީސް ނިންމަވާލައްވާނީ މާދަމާ އެވެ.