އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނަށް ހަތަރު އަތޮޅަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައިސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވަނީ އެމަނިކުފާނު ޖެނުއަރީ 6 އަދި 7 ވަނަ ދުވަހު އއ، އދ، ފ އަދި ދ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދު އއ، އދ، ފ އަދި ދ އަތޮޅަށް ކުރައްވާ ދަތުރު – 7-6 އިން ޖަނަވަރީ 2023 އަށް.
⚖️⚖️⚖️#Anni2023 #FikureggeDhirun pic.twitter.com/P8JbZsjmIM
— Mohamed Nasheed 2023 ⚖️ (@Anni_2023) January 5, 2023
ރައީސް ނަޝީދު ކެމްޕޭން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދަމުން އަންނައިރު މިއަދު ވަނީ މާލޭގައި ގަލޮޅުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވާފައެވެ. އަދި މިރޭ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސް ނަޝީދު ވަނީ މިފަހުން ކެމްޕޭނަށް ފުވައްމުލަކަށްވެސް ވަޑައިގެންފައެވެ.
ނަޝީދުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހްވެސް އަންނަނީ ކެމްޕޭން ހަރަކާތްތައްކުރިއަށް ގެންދަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.