Last Updated: May 15, 21:40
Wednesday, May 15, 2024
ޚަބަރު

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ކުރީކޮޅަށް

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު

މި ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރަސްމީ ތާރީހު މި މަހުގެ 15 ވަނަ ދުވަހު އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހު ކުރީ ކޮޅު ބޭއްވުމަށް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު ބާއްވާ ރަސްމީ ތާރީހު އިއުލާން ކުރުމަށް މި މަހުގެ 15 ވަނަ ދުވަހު ރަސްމީ ނޫސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. އެގޮތުން އެ ނޫސް ކޮންފަރެންސްގައި އިންތިހާބުގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ދެވަނަ ބުރު ބާއްވާ ތާރީހު އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ވެސް އިއުލާން ކުރާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ބޭއްވީ ސެޕްޓެމްބަރު 23، 2018 ގަ އެވެ. އެ އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހިފައެއް ނުވެ އެވެ.