Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ރަކުލް ނަގައިދޭން މި އުޅެނީ ވަރުގަދަ ފިލާވަޅެއް

ޖިންސީ ވާހަކަތައް ދެއްކުމަކީ ގިނަ ފަހަރަށް ލަދުވެތިކަމެކެވެ. އެކަމަކު ޖިންސީ ގޮތުން ހޭލުންތެރިންކަން އުފެއްދުމަކީ މި ޒަމާނަށް ބަލާ އިރު ކުރަން ޖެހިފައި އޮތް މުހިިއްމެކެވެ. ހުރިހާ މުޖުތަމައެއްގައި ވެސް ޖިންސީ ކަންކަމާ ގުޅޭ ވާހަކަތައް އާންމުކޮށް ދެއްކުމަކީ ލަދުވެތި އަދި އައިބު ކަމަކަށް ވިޔަސް، ހޭލުންތެރިކަން އުފައްދައި ރައްކާތެރި ފިޔަވަޅުތަކަށް މަގުފަހިކޮށް ދިނުމުގެ ގޮތުން އެއީ އާންމުކޮށް ބަހުސްކުރަން ޖެހިފައި އޮތް މައުޟޫއެކެވެ.

އެހެންވެ "ސެކްސް އެޑިއުކޭޝަން" އަކީ ހަގީގަތުގައި ވެސް ގިނަ އުމުރުފުރާތަކަށް ނަގައި ދޭން ޖެހިފައި އޮތް ފިލާވަޅެކެވެ.

އިންޑިއާގެ ބަތަލާ ރަކުލް ޕްރީތު ސިންގް މި ފަހަރު ބެލުންތެރިންމަށް ނަގައިދޭން އުޅެނީ މި ބާވަތުގެ ފިލާވަޅެކެވެ. އެއީ އޭނަގެ އާ ރޮމޭންޓިކް ކޮމެޑީ "ޗަތުރީވާލީ" އިންނެވެ. "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ފެޝަން" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށްފައިވާ "ޗަތުރީވާލީ" މި މަހުގެ 20 ގައި ޕްރީމިއާކުރަން ނިންމައި އޭގެ މޯޝަން ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެކަމަކު ފިލްމު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޕްރީމިއާކުރަން މިއޮތީ ޒީ5 އިންނެވެ.

ތޭޖާސް ޑިއޯސްކަރް ޑައިރެކްޓްކޮށްފައިވާ "ޗަތުރީވާލީ" ގެ ކާސްޓްގައި ސުމީތު ވިއާސް، ސަތިޝް ކޯޝިކް، ޑޮލީ އަހްލުވާލިއާ އަދި ރާޖޭޝް ތައިލަންގް ހިމެނެ އެވެ.