Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

މިފްކޯ އިން ގަތް މަހަށް ބިލިއަނެއް

މަސްވެރިންގެ އަތުން މިފްކޯ އިން މިދިޔަ އަހަރު ގަތް މަހަށް ބިލިއަނަކަށް ވުރެ ގިނ ރުފިޔާ ހޭދަކޮށްފި އެވެ.

މި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ ކުންފުނީގެ ތާރީހިގައި ވެސް މަސްވެރިންނަށް މިފްކޯ އިން މިހާ ބޮޑު ހޭދަކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރު މަސްވެރިންގެ އަތުން އެ ކުންފުނިން ގަތް މަހަށް ޖުމްލަ 1،039،406،705ރ. ހޭދަކޮށްފައިވެ އެވެ.

ތިރީސް އަހަރުވީ ކުންފުނިން މީގެ ކުރިން މަސްވެރިންނަށް ދެން އެންމެ ބޮޑު ހޭދައެއްކުރީ 2021 ގަ އެވެ. އެ އަހަރު މަސްވެރިންގެ އަތުން ގަތް މަހަށް ޖުމްލަ 901.78 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިފްކޯ އިން މަސްވެރިންނަށް މިދިޔަ އަހަރު ރެކޯޑް އަދަދެއް ހޭދަކުރި އިރު، މަސްވެރިންގެ އަތުން ޖުމްލަ 63،579 މެޓްރިކް ޓަނުގެ މަސް ގަނެފައިވެ އެވެ. އަދި އެންމެ ގިނައިން މަސްވެރިންގެ އަތުން މަސް ގެނެފައި ވަނީ ސެޓެމްބަރު މަހު އެވެ. އެ މަހު ޖުމްލަ
8،656 މެޓްރިކް ޓަނުގެ މަސް ގަނެފައިވެ އެވެ. މިދިޔަ އަހަރު އެންމެ މަދުން މަސް ގަތީ ޖުލައި މަހު އެވެ. އެ މަހު ގަނެފައި ވަނީ 1،578 މެޓްރިކް ޓަނެވެ.

މިދިޔަ އަހަރު މިފްކޯ އިން މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކުރީ ސެޕްޓެމްބަރު އެވެ. އެ މަހު ޖުމްލަ 144،201،644ރ. ދޫކުރި އެވެ.

މިފްްކޯ އަށް ފާއިތުވި ފަސް އަހަރު މަސްވެރިންނަށް ފައިސާ ދޫކުރި އަދަދު:

* 2018: 813.12 މިލިއަން ރުފިޔާ
* 2019: 903.76 މިލިއަން ރުފިޔާ
* 2020: 879.41 މިލިއަން ރުފިޔާ
* 2021: 901.78 މިލިއަން ރުފިޔާ
* 2022: 1،039،406،705 ބިލިއަން ރުފިޔާ