ދެ ރަށެއްގައި ހޮސްޕިޓަލް ބަޔަކާ ހަވާލުކޮށްފި އެވެ.
ނ. ކެނދިކުޅުދު އާއި ޅ. ހިންނަވަރުގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލުގެ މަސައްކަތް އިއްޔެ ހަވާލުކުރީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.
Contract signing ceremony of, Construction of N. Kendhikulhudhoo Hospital Building, Under Contractor Finance (30 Beds) Construction of 30 Bed Hospital, Accommodation Building, Services Building
🔹Contractor:
SAS e Construction Pvt Ltd
🔹Project Duration:
18 Months pic.twitter.com/tViLV21beb— Ministry of Health (@MoHmv) January 5, 2023
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކެނދިކުޅުދު އާއި ހިންނަވަރުގައި ވެސް ހަދަން ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލުގެ އިމާރާތާއި، އެކޮމަޑޭޝަން ބިލްޑިން އާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ސާވިސަސް ބިލްޑިން ހަދާނެ އެވެ.
Contract signing ceremony of, Construction of LH. Hinnavaru Hospital Building, Under Contractor Finance (30 Beds) Construction of 30 Bed Hospital, Accommodation Building, Services.
🔹Building Contractor:
SAS e Construction Pvt Ltd
🔹Project Duration:
18 Months pic.twitter.com/l0CyMM0jM9— Ministry of Health (@MoHmv) January 5, 2023
ކެނދިކުޅުދޫ ހޮސްޕިޓަލު މަޝްރޫޢަށް ޖުމްލަ 193 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ އެވެ. އަދި ހިންނަވަރު 30 އެނދުގެ ހޮސްޕިޓަލަށް 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ އެވެ. މި ދެ ހޮސްޕިޓަލުގެ މަސައްކަތް ވެސް ސާސްއީ ކޮންސްޓްރަކްޝަނާއި ޙަވާލުކުރީ ދޮޅު އަހަރުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.