އަނބިމީހާ ވަރިވާން ނިންމުމުން އެމެރިކާގެ މީހަކު އަންހެނުންނާއި ދަރިން މަރާލުމަށް އަމިއްލަ އަށް މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މިދިޔަ ބުދަ ދުވަހު ޔޫޓާގެ އެނޯޗް ސިޓީގައި ހިނގި މި ހާދިސާގައި އަމިއްލަ ފުރާނަ ދުއްވައިލުމުގެ ކުރިން މައިކަލް ހެއިޓް ކިޔާ 42 އަހަރުގެ މީހާ ވަނީ އާއިލާގެ ހަތް މީހަކު މަރާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 40 އަހަރުގެ އަންހެނުންނާއި 78 އަހަރުގެ މައިދައިތަގެ އިތުރުން ފަސް ކުދިންނެވެ. ކުދިންގެ ތެރޭގައި ހިމެނެނީ 12، 7، އަދި 4 އަހަރުގެ ތިން އަންހެން ކުއްޖަކާއި 7 އާއި 4 އަހަރުގެ ފިރިހެން ކުދިންނެވެ.
ވަރީގެ މައްސަލާގައި އާއިލާ ތެރޭގައި ހިންގި ބޮޑު ގަތުލާ ބެހޭ ގޮތުން ފުލުހުން ބުނީ އިންޝުއަރެންސް ސޭލްސްމަނެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހާ އޭނަގެ އާއިލާގެ މީހުންނާއި މަރާލައި އަމިއްލަ އަށް މަރުވިކަން އެނގުނީ އެ މީހުން ދިރިއުޅޭ ސަރަހައްދުގެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ގޮސް ބެލި އިރު އެވެ.
އެނޯޗް ސިޓީގެ މެނޭޖަރު ރޮބް ޑޮޓްސަން އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ހާދިސާގެ ރިޕޯޓްގެ ލިބިގެން ދިޔަ އިރު، ގޭ ތެރޭގައި އޮތީ ލެ އާއި ހަށިތައް ކަމަށެވެ. އަދި އެ ގަތުލު ހިންގާފައި ވަނީ ބަޑިއެއް ބޭނުންކޮށްގެންނެވެ.
މައިކަލްގެ ގާތުން ވަރިވާން އަންހެނުން ޓައުޝާ ކޯޓަށް ހުށަހެޅީ މިދޔަ މަހުގެ 21 ގަ އެވެ.