ރަސްމީ ދަތުރަކަށް އިއްޔެ ރ. އަލިފުއްޓަށް ވަޑައިގެންނެވުމަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެ އަތޮޅުގައި ޕްރައިމަރީގެ ކެމްޕޭން ވެސް ފައްޓަވައިފި އެވެ.
އެގޮތުން މިއަދު ރައީސް ވަނީ މާކުރަތަށް ވަޑައިގެންފަ އެވެ.
ރައީސް @ibusolih މާޅޮސްމަޑުލު އުތުރުބުރި އަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް – ރ. މާކުރަތު
މާކުރަތު ބަނދަރުމަތިން ރައީސް އިބޫ އަށް ހޫނު މަރުހަބާ އެއް#MDPKuriah #Ibu2023 pic.twitter.com/Gs75D2GqBq
— MDP Kuriah (@MDPKuriah) January 6, 2023
"އެމްޑީޕީ ކުރިއަށް" ގެ ނަމުގައި ރައީސް ކެމްޕޭން ކުރިއަށް ގެންދަވާ އިރު، ރ. އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އިންނަމާދު އާއި މީދު އަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި މީދޫގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާނެ އެވެ.
— MDP Kuriah (@MDPKuriah) January 6, 2023
ރައީސާއި އަނބިކަނބަލުން އަދި ސަރުކާރުގެ އިސް ވަފުދެއް އިއްޔެ އަލިފުއްޓަށް ވަޑައިގެންނެވީ ބައިނައަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާއަށެވެ. ކުރިން އޮތް ގޮތުން އަލިފުށީ ދަތުރަށް ފަހު ރައީސް މިއަދު މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް ރައީސްގެ މި ދަތުރު މިހާރު ވެފައި ވަނީ އެމްޑީޕީ ޕްރައިމަރީގެ ރ. އަތޮޅު ދަތުރަކަށެވެ.
އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ. އޭގައި ރައީސާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.