"އާބަން އައިލް" ގެ ނަމުގައި ހިންގަން ނިންމާފައިވާ ޓޫރިޒަމް މަޝްރޫއުގެ ދަށުން 15 ގެސްޓް ހައުސް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި ވެ.
އެ ކުންފުނިން ބުނީ ގެސްޓްހައުސް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"އާބަން އައިލް" އަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. މި ޕްރޮޖެކްޓް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ގާތްގަނޑަކަށް 23 ހެކްޓަރުގެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ޓޫރިސްޓުން އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ މީހުންނަށާއި ވިޔަފާރީގެ ބޭނުންތަކަށް އަންނަ ޓޫރިސްޓުންގެ އިތުރުން ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެ އެވެ.
އެގޮތުން ތަރައްޤީކުރާ ފުރަތަމަ 15 ގެސްޓްހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު މީގެ ތެރޭގައި ހިމެނެނީ މެދު ފަންތީގެ 10 ބުރީގެ ތިން ހޮޓަލާއި މަތީ ފަންތީގެ 10 ބުރީގެ ތިން ހޮޓަލާއި 8-10 ބުރީގެ ހަތަރު ސިޓީ ހޮޓަލާއި ހަ ބުރީގެ 21 ގެސްޓްހައުސްއަކާއި ތިން ބުރީގެ 11 ލަގްޒަރީ ވިލާއަކާއި 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހެދުމާއި ވިޔަފާރިތައް ތަރައްގީކުރަން 9 ބިމެވެ.
"އާބަން އައިލް" އަކީ ރާއްޖެ އާއި ރާއްޖޭގެ އިންވެސްޓަރުންނަށް ވެސް ހުޅުވާލާފައި އޮތް ފުރުސަތެކެވެ.