ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އަލުން މަގުމަތި ނުވާތީ އެ މަނިކުފާނު އަލުން ވެރިކަމަށް ގެނެސްގެން ކަމަށާއި އެހެންވެ ޕްރައިމަރީގައި ވެސް އެ މަނިކުފާނަށް ވޯޓް ދެއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންނެވެ.
މިއަދު ރ. އަތޮޅު މާކުރަތުގެ އެމްޑީޕީގެ ސަޕޯޓަރުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ވެރިކަމަށް އާދެވެނީ ކޯލިޝަނެއް ހަދައިގެން ކަމަށާއި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކޯލިޝަން ރޫޅިގެން ގޮސް "ތިން އަހަރު ތެރޭގައި އެމްޑީޕީ މެންބަރުން މަގުމަތި ވެގެން ދިޔައީ" ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް @ibusolih އެމްޑީޕީ މާކުރަތު މެންބަރުންނާ ބައްދަލު ކުރެއްވުން. މާކުރަތު މެމްބަރުން ތިބީ މި ޕާޓީ ކުރިއށް ގޮސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން#MDPKuriah #Ibu2023 pic.twitter.com/T2vwmlTpa5
— MDP Kuriah (@MDPKuriah) January 6, 2023
އަދި އޭރު ސަރުކާރު ވެއްޓުމުގެ މައިގަނޑު ސަބަބަކީ ކޯލިޝަން ރޫޅިގެން ދިޔުމުން ކުރިމަތިވި، އުނދަގޫތައް ކަމަށް ވެސް ދަތިތައް ވިދާޅުވި އެވެ.
"ސަރުކާރެއް ބަދަލު ވެގެން ދާންޖެހޭނީ އެހެނެއް ނޫން. އޭރު އެ ހިނގާދިޔަ ހާދިސާތަކަކީ ރަނގަޅުކަމެއް ނޫން. ދެވަނަ ފަހަރަށް މިކަމެއް އިއާދަ ވުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން،" ރައީސް ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑު ނިކުމެ މި ހުރީ."
ރައީސް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމްޑީޕީ އަށް އެތައް ދައްޗަކާ ކުރިމަތިލާން ޖެހުނެވެ. އެހެންވެ އެކަންކަން ތަކުރާވިޔަ ނުދިނުމަށް އެމްޑީޕީ މެމްބަރުން ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
— MDP Kuriah (@MDPKuriah) January 6, 2023
އެއަށް ފަހު ދެން ރައީސް ސޯލިހު ހަނދާން އާކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ދަތިތަކެވެ. ރައީސް ވިދާޅުވީ، 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހޭދަވީ އަނިޔާވެރި އަހަރުތަކެކެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި ސިޔާސީ ފިކުރުގެ ސަބަބުން ބައެއް ރަށްރަށް އެކަހެެރި ކޮށްލާފައިވާކަމަށް ވެސް ވިދާޅުވި އެވެ.
"އޭރު އެ ހިނގައި ދިޔަ ހާދިސާތަކަކީ ރަނގަޅުކަމެއް ނޫން. ދެވަނަ ފަހަރަށް މިކަމެއް އިއާދަ ވުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން." ރައީސް ވިދާޅުވި އެވެ. "ތަރައްގީ ކުރިއަށް ގެންދެވޭނީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކުރެވިގެން. ޑިމޮކްރަސީގައި މައިނޯރިޓީއެއްގެ ކަންކަން ހިމާޔަތް ކުރުމަކީ އެންމެ މުހިއްމު ސިފަ. "އެހެންވެ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކެނޑިޑޭޓަކަށް ވޯޓު ދެއްވަން ޖެހޭ."
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ. އޭގައި ރައީސާ ވާދަކުރައްވަނީ ނަޝީދެވެ.