Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

މެންބަރު ޔާސިރުގެ ތާއީދު ނަޝީދަށް

މެންބަރު ޔާސިރު އަދި ރައީސް ނަޝީދު-

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާކަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށް ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާއިތުވި ހަތަރު އަހަރު ސަރުކާރަށް ބޭނުންވި ހުރިހާ ކަމެއްގައި ސަރުކާރަށް ތާއީދުކޮށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައި އިންތިހާއަށް ލަސްވަމުން އަންނަކަމަށް ޔާސިރު ވިދާޅުވިއެވެ.

އެ ސަބަބާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ފުރިހަމައަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، ރައީސް ނަޝީދު އަދި ރައީސް ސޯލިހް އަންނަނީ ކެމްޕޭން ހަރަކާތްތައް ފޯރީގައި ކުރިއަށް ގެންދަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.