ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ސައިފް އަލީ ޚާނަކީ ކުރިން އެކީގައި ވަރަށް ކާމިޔާބު ފިލްމެއް ކުޅުނު ދެ ތަރިންނެވެ. އެއީ 2003 ގެ "ކަލް ހޯ ނަ ހޯ" އެވެ. އޭގެ 20 އަހަރު ފަހުން މި ދެ މީހުން އަނެއްކާ ވެސް ވަނީ ޕްރޮޖެކްޓަކަށް ތައްޔާރުވާން ފަށައިފަ އެވެ. އެކަމަކު މި ފަހަރު އެކީގައި ސްކްރީނަކުން ނުފެންނާނެ އެވެ.
ޕީޕިން މޫން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިންގެ އާ ޕްރޮޖެކްޓަކީ ޝާހްރުކް ޕްރޮޑިއުސްކޮށް ސައިފް ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ. މި އުފައްދަނީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓުންނެވެ. ސައިފް ފުލުހެއްގެ ރޯލު ފެންނާނެ މި ފިލްމަކީ އިންވެސްޓިގޭޓިވް ޑްރާމާއެކެވެ.
ޕީޕީން މޫން އިން ބުނީ "ކަރްތާވިއާ" ގެ ނަން ދީފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ރާޖްކުމާރު ރާއޯ ކުޅުނު 2017 ގެ ވެބް ސީރީޒް "ބޯސް: ޑެޑް/އެލައިވް" ހެދި ޕުލްކިތު ކަމަށެވެ.
"ކަރްތާވިއާ" ގެ ކާސްޓުން ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ސައިފާ އަކީ ސަންޖޭ މިޝްރާ އާއި ގީތިކާ ވިދިއާ ވެސް ފެންނާނެ އެވެ. އަދި މީގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފަށަން ތާވަލުކޮށްފައިވާ އިރު، މި މަސް ނިމުމުގެ ކުރިން ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.