Last Updated: June 29, 11:41
Monday, June 29, 2026
ޚަބަރު

އަފްއާން ޓީމް ދަތުރު ކުރި ބަސް އެކްސިޑެންޓްވެއްޖެ!

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ފަހު މެޗް ނިންމުމަށް ފަހު ހެރެތެރެއަށް ދިއުމަށް ފޭދޫއަށް ދަތުރު ކުރަމުން ދިޔަ އަފްއާނިސްތާން ޓީމް ދަތުރު ކުރި މޮޓޯކޭޑާއި ސައިކަލަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައި ކުޅުންތެރިންނަށް އަނިޔާވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހަންކެޑެ ބުރިޖް ކައިރިން ކުޅުންތެރިން ގޮވައިގެން މޮޓޯކޭޑްގައި އެމްއެންޑިއެފްގެ ބަސް ދަތުރު ކުރަމުން ދަނިކޮށް އެންމެ ކުރީގައި އޮތް ފުލުހުންގެ ވެހިކަލްގައި މަރަދޫން ހިތަދޫ ކޮޅަށް ދިޔަ ސައިކަލެއް ޖެހިގެންނެވެ.

ފުލުހުންގެ ވެހިކަލް ސައިކަލާއި އެކްސިޑެންޓްވެ ބުރޭކް ޖެއްސުމުން ފަހަތުން އައި ބަސްވަނީ އެކަތި އަނެކައްޗަށް ފުލުފުލުން އެކްސިޑެންޓް ވެފައެވެ.

މި ހާދިސާގައި އަފްއާނިސްތާން ޓީމްގެ ޖޯޒީ ނަންބަރު 3 ނަންބަރު އަމީރީ އާއި އިތުރު 4 ކުޅުންތެރިއަކަށް ވަނީ އަނިޔާވެގެން ހިތަދޫ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްއާނިސްތާން ޓީމްގެ މީޑިއާ އޮފިޝަލާއި އިތުރު އޮފިޝަލަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި "އައްޑޫލައިވް" ރިޕޯޓަރު ބުނީ ހޮސްޕިޓަލް ބަންދުކޮށްފައިވާ ކަމަށާއި އެއްވެސް މީހަކަށް އެތެރެއަށް ނުވެދޭ ކަމަށެވެ. ނަމަވެސް އަފްއާނިސްތާންގެ އެއް ކުޅުންތެރިއްގެ އުނަގަޑަށް ސީރިއަސް އަނިޔާ ވެފައިވާ ކަމަށް ހަބަރުލިބެއެވެ.

އޭއެފްސީ ޗެލެންޖްގެ ކަންކަމުގައި އައްޑޫގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަހްމަދު މަރްޒޫގު (މަރާ) ބުނީ އެކްސިޑެންޓަގައި އަނިޔާވި ކުޅުންތެރިން އެކްސްރޭއަށް ވައްދާފައިވާ ކަމަށާއި އަދި ތަފްސީލެއް ލިބިފައިނެތް ކަމަށެވެ.

2

unnamed
jhj

ހޮސްޕިޓަލް ސަރަހައްދު މިހާރު ބަންދުކޮށްފައިވާ އިރު ލިންކް ރޯޑުގެ ހިތަދޫ އާއި މަރަދޫ ކޮޅުން ވަނީ އެއްކޮށް ބަންދުކޮށްފައެވެ.
hjhjh

މިހާދިސާގައި ލާއޯސްގެ އެއްވެސް ކުޅުންތެރިއަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.
hdhdddd

amri

އަދި އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި 5 ކުޅުންތެރިއަކަށާއި، ދެ އޮފިޝަލަކަށް އަނިޔާވެފައިވާ އިރު ފުލުހެއްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްއާނިސްތާންގެ ޖޯޒީ ނަންބަރު 7 ފިޔަވައި ދެންތިބި 4 ކުޅުންތެރިންގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެކުޅުންތެރިންވަނީ އެކްސިޑެންޓާއި ގުޅިގެން ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ.

މިހާދިސާގައި އަނިޔާލިބުނު ފުލުހުން މިރޭ 11 ޖަހާއިރު އޮންނަ ޗާޓަރު ފްލައިޓެއްގައި މާލެ ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ ވެބްސައިޓްގައި ބުނެފައިވަނީ އެކްސިޑެންޓު ހިނގާފައިވަނީ އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދުން ކޭޑް ދަތުރުކުރަމުންދަނިކޮށް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއް ކުއްލިއަކަށް ކޭޑުކުރިމަތިން ހުރަސްކުރަން އުޅެނިކޮށްކަމަށް މިހާތަނަށް ބެލި ބެލުމުން ވަނީ އެނގިފައިވާ ކަމަށެވެ.

މީގެއިތުރުން މިއެސިޑެންޓު ވުމުގައި މެދުވެރިވި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާތީ އޭނާވެސްވަނީ އަނިޔާލިބިގެން ހޮސްޕިޓަލަށް ގެންދެވިފައެވެ. "އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި މި ސައިކަލް ދުއްވާފައިވަނީ ސ.ފޭދޫ ކިއުޕިޑް، މުހައްމަދު ޒިޔާންއެވެ.

އޭއެފްސީ އޮފިޝަލުންނާއި ފުލުހުން ހިތަދޫ ހޮސްޕިޓަލްގައި. ފޮޓޯ: އަލީ މޫސާ
އޭއެފްސީ އޮފިޝަލުންނާއި ފުލުހުން ހިތަދޫ ހޮސްޕިޓަލްގައި. ފޮޓޯ: އަލީ މޫސާ

ފުލުހުން އޭނާގެ ޔޫރިން ޓެސްޓް ކޮށްފައިވާ ކަމަށްވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ޕޮލިސް މީޑިއާ ވެބްސައިޓްގައި ހާމަ ކުރި މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައި ނުވެއެވެ.

2

3

4

5

a