ރޮބޮޓަކު ހިދުމަތްދޭ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ރެސްޓޯރަންޓް ރޭ މާލޭގައި ހުޅުވައިފި އެވެ.
މާލޭގައި "އޯޝަން ބަބްލްސް" ގެ ނަމުގައި ތައްޔާރުކުރިި ރެސްޓޯރަންޓް ރޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
މި ރޯސްޓަކީ ކުރިން މަޖީދީ މަގުގައި ހިންގި އުރީދޫ ހެޑް ކުއާޓާސްގައި ހުޅުވި ތަނެކެވެ.
އެތަނުގައި ހިދުމަތް ދޭން ބޭނުންކުރާ ރޮބޮޓަކީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ރެސްޓޯރަންޓްތަކުގައި ވެސް ހިދުމަތްދޭން ބޭނުންކުރާ ކަހަލަ ޒަމާނީ ރޮބޮޓެކެވެ. މި ރޮބޮޓްގެ އެހީގައި ކާ އެއްޗިއްސަށް އޯޑަރުދެވި އަދި ރޮބޮޓްގެ އެހީގައި ކަސްޓަމަރުންނަށް ސާވްކޮށް ދެވޭނެ އެވެ.

"އޯޝަން ބަބްލްސް" އަކީ މަޝްހޫރު ޒިއޯން މޯބައިލްސްގެ ވެރިޔާ ރަފީއުދީން ނަސީމްގެ ވިޔަފާރިއެކެވެ. މިދިޔަ އަހަރު"އޯޝަން ބަބްލްސް" ގެ ފުރަތަމަ އައުޓްލެޓް ހުޅުވީ ހުޅުމާލޭގަ އެވެ.