އެމެރިކާގެ ގާނޫނު ހަދާ މަޖީލަށް ރައީސަކު ހޮވަން ކުރި މަސައްކަތް ދިގުލައިގެން ގޮސްފައި ވަނިކޮށް އެ މަގާމަށް ވޯޓް ނެގި 15 ވަނަ ފަހަރާ އެކީ މިއަދު ކެވިން މެކާތީ ރައީސަކަށް އިންތިހާބުކޮށްފި އެވެ.
ކުރިން ވެސް އެ މަގާމަށް ވަޑައިގަންނަވާނެ ބެލެވުނީ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މެކާތީ އެވެ. އޭނަ ރައީސަކަށް ހޮވުނީ ވޯޓް ދެއްވި 428 މެމްބަރުންގެ ތެރެއިން 216 މެމްބަރުންގެ ވޯޓާ އެކީގަ އެވެ. މެކާތީއާ އެންމެ ގާތުން ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ހަކީމް ޖެފްރީސް އަށް ލިބިވަޑައިގަތީ 212 ވޯޓެވެ.
މި ފަހަރުގެ ވޯޓަކީ މަޖިލީހަށް ރައީސަކު ހޮވަން އެންމެ ބޮޑަށް ދިގުދެމިގެން ދިޔަ ދެވަނަ ފަހަރެވެ. ކުރިން 1923 ގައި މަޖިލީހަށް ރައީސަކު ހޮވުނީ ނުވަ ފަހަރު ވޯޓް ލައިގެންނެވެ.
I hope one thing is clear after this week: I will never give up. And I will never give up for you, the American people. https://t.co/uLqPKa1maZ
— Kevin McCarthy (@GOPLeader) January 7, 2023
މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިހާބަށް ފަހު އެމެރިކާގެ ތިރިގެ ނުވަތަ ކޮންގްރެސްގެ މެޖޯރިޓީ އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ ހޯދައިފަ އެވެ. ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީގެ 222 މެމްބަރުން ތިިއްބެވި އިރު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ އަދަދަކީ 212 އެވެ.
ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވޭނީ މަދުވެގެން 218 ވޯޓް ލިބިގެންނެވެ.
އާ ރައީސަކު ހޮވަން ދިގުލައިގެން ގޮސް، އެންމެ ފަހުން މިއަދު އެކަން ކޮޅެއްގައި ޖެހި މަގާމު ކާމިޔާބުވުމުން މެކާތީ ވަނީ ވޯޓް ދެއްވި މެމްބަރުންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދެން އޮތީ އަނެއްކާ ވެސް އެމެރިކާ ވަރުގަދަ ކުރާ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުން ކަމަށެވެ.