Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ފްރާންސް ކޯޗްގެ ކޮންޓްރެކްޓް އާކޮށްފި

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ކޮންޓުރެކްޓް އާކޮށްފި އެވެ.

ޑެޝޯމްޕް ކޮންޓުރެކްޓް އާކުރުމުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އޭނާ ކޯޗުގެ މަގާމުގައި ދެމިހުންނާނެ އެވެ.

ޑެޝޯމްޕް ،54، ފްރާންސްގެ ކޯޗަކަށް ހަމަޖެއްސީ 2012 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސުން ކުޅުނު 139 މެޗުގައި އެޓީމުން ވަނީ 89 މޮޅު ހޯދާފަ އެވެ. އޭގެތެރެއިން އެޓީމު ބަލިވީ 22 މެޗުންނެވެ.

ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ކުޅެ ފްރާންސުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯ އާއި މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ފްރާންސް ދަތުރުކޮށްފައިވެ އެވެ.

ފްރާންސަށް ކުރިއަށް އޮތީ 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އެވެ. ކޮލިފައިން ފަށާނީ މާޗު މަހުގެ ތެރޭގަ އެވެ.