Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ވެމްކޯއާ ގުޅިގެން ބާ މުސްހަފުތައް ނައްތާލަނީ

ބާވެ ހަލާކުވެފައިވާ މުސްހަފުތައް ވެމްކޯއާ ގުޅިގެން ނައްތައިލަން އިސްލާމިކް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ބާވެ، ހަލާކުވެފައި ހުންނަ މުސްހަފްތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ލިޔުންތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އިހުތިރާމާ އެކީ ނައްތައިލުމާ ގުޅޭ ގޮތުން ވެމްކޯއާ އެކީ މަޝްވަރާކުރެވި، އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގައި ވެމްކޯއާ އެކީ ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ވެމްކޯގެ ފަރާތުން މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

ކުރިން ވެސް އެކި ފަހަރު މަތިން މާލެ އާއި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ހުރި ބާވެ، ހަލާކުވެފައިވާ މުސްހަފުތައް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ނައްތާލާފައިވެ އެވެ.