Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ބަންދަކަށް ފަހު ދަރިވަރުން މިއަދު ސްކޫލްތަކަށް

އަހަރުގެ ފުރަތަމަ ޓާމްގެ ބަންދަށް ފަހު ދަރިވަރުން މިއަދު ދެވަނަ ޓާމްގެ ކިޔެވުމަށް ސްކޫލްތަކަށް ނުކުންނަން ފަށައިފި އެވެ.

ފުރަތަމަ ޓާމްގެ ބަންދުގެ ގޮތުގައި 16 ދުވަސް ލިބުނު އިރު، ސްކޫލްތައް ބަންދުވީ މިދިޔަ މަހުގެ 23 ގަ އެވެ. ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށި އިރު، ދެން ދަރިވަރުންނަށް ޓާމް ބަންދެއް ލިބޭނީ އެޕްރީލް މަހުގެ 16 ގަ އެވެ. ސްކޫލްތަކުގެ ބޮޑު ބަންދު ލިބޭނީ ޖޫން މަހުގެ ތެރޭގަ އެވެ. އެ ބަންދަށް ގާތްގަނޑަކަށް ދޮޅު މަސް ލިބޭނެ އެވެ.

ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށި އިރު، ސަރުކާރުގެ 217 ސްކޫލުގައި ކިޔަވައި ދެ އެވެ. އަދި ދަރިވަރުންގެ އަދަދު 39،000 އަށް ވުރެ ގިނަ އެވެ.