ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަސްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެއަރޕޯޓްގެ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަޝްރޫއުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި، 55،818 އަކަ މީޓަރުގެ ސަރަޙައްދެއްގެ ޓޮޕްސޮއިލް ނެގުމާއި، 8372.70 އަކަ މީޓަރުގެ ސަރަޙައްދަކަށް ވެލި އަޅައި ލެވެލް ކުރުމާއި، 55،818 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމާއި، 8372.70 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުމާއި، 55،818 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުން ހިމެނެއެވެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަޝްރޫއަކީ 91.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.