Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

11 ކިލޯގެ ޑްރަގްސް އާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި

އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި-

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން އިއްޔެ ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ތަނެއް އަދި ހުޅުމާލޭގެ ތަނެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށް 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން އިތުރަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެއެވެ.