މިސްކިތްތައް މަރާމާތުކުރަން މާލެ ސިޓީ ކައުންސިލަށް ފައިސާ ދިން ކަމަށާއި އެކަމަކު އެކަމަށް ފައިސާ ހޯދަން އެ ކައުންސިލުން މިހާރު ހަރަކާތްތަކެއް ހިންގާތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ކުރިއަށް ރޯދަ މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ކައުންސިލުން ހަފުތާ ބަންދުގައި ވަނީ "ޗާލު މިސްކިތް" ގެ ނަމުގައި ފަންޑް ރެއިޒިން ހަރަކާތްތަކެއް ބާއްވައިފި އެވެ. އަދި އިއްޔެ އެެ ނިންމާލި އިރު، 700،000ރ. އަށް ވުރެ ފައިސާ ލިބިފައިވެ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިސްކިތްތަކުގެ މަރާމާތަށް ސަރުކާރުން އެކަށީގެންވާ ބަޖެޓެއް ނުދެ އެވެ. އަދި މިސްކިތްތައް މަރާމާތުކުރަން މިހާރު ވެސް މަދުވެގެން 9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މޭޔަރު ވިދާޅުވި ގޮތުގައި ކުރިން މިސްކިތްތަކުގެ މަރާމާތަށް 10 މިލިއަން ހަރަދުކޮށްފައިވާނެ އެވެ.
Council has spend more than 10m in the last 18 months on mosques repairs,maintenance from council earnings despite govt giving only a mere 1m from govt budget for the same. There are some more works to complete in time for Ramadan ,thus we are opening the opportunity for donation
— Dr Mohamed Muizzu (@MMuizzu) January 6, 2023
މިސްކިތްތައް މަރާމާތުކުރަން މާލެ ސިޓީ ކައުންސިލުން ފަންޑް ރެއިޒިން ހަރަކާތްތަކެއް ބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފައި އިސްލާމިކް މިނިސްޓަރު ދައުލަތު މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ ކައުންސިލަށް ފައިސާ ހަމަޖައްސައި ދިން ކަމަށާއި އެކަމަކު ކައުންސިލަށް ދޫކުރި ފައިސާއަށް ހެދި ގޮތެއް ސާފުކޮށް ދީފައި ނުވާ ކަމަށެވެ.
ޗާލު މިސްކިތް ފަންޑަށް ޑޮނޭޓް ކުރައްވާނެ ގޮތް..#ChaaluMiskiy pic.twitter.com/6O1SJqoa6R
— Male' City Council (@MaleCitymv) January 7, 2023
މިނިސްޓަރު ވިދާޅުވީ 2020 ގައި މިސްކިތްޔަކުގެ މަރާމާތަށް ކައުންސިލަށް އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ދިން ކަމަށެވެ. އަދި އަދި ފައިސާ ހޭދަކުރާ ގޮތުގެ ރިޕޯޓު ހުށައެޅުމަށް އެންގުމުން އެގޮތަށް ޢަމަލު ނުކުރުމުން 2021 ވަނަ އަހަރު ވެސް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް މޭލެ ސިޓީ ކައުންސިލުން ބޭއްވި ”ޗާލު މިސްކިތް“ ފަންޑް ރެއިސިންގ ހަރަކާތުގެ ތެރެއިން
އިތުރު ފޮޓޯ 👇https://t.co/Pi2yw6nKQn pic.twitter.com/PfyQppybx7— Male' City Council (@MaleCitymv) January 8, 2023
ނަމަވެސް 2021 ވަނަ އަހަރުވެސް އެފާއިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަނާޅާތީ ސުވާލުކުރުމުން ސިޓީ ކައުންސިލުން އެ ފައިސާ ބޭނުން ނުކުރާ ކަމަށާއި އެ ފައިސާ އެބަހުރި ކަމަށް އެންގި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް މިދިޔަ އަހަރު ވެސް ކައުންސިލަށް ދެ މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި ކަމަށެވެ. އެކަމަކު ފައިސާ ދޫކުރުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތަށް ހިނގާ ހޭދަތަކުގެ ތަފުސީލު މިނިސްޓްރީ އަށް ހުށައެޅުމުން ފައިސާ ހަމަޖެހޭނެކަން އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ކައުންސިލުން މިދިޔަ އަހަރު ވެސް އެފަދަ އެއްވެސް މުޢާމަލާތެއްކޮށް މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.