މި މަހުގެ 20 ގައި ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ޗަތުރީވާލީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ އާންމުކޮށް ވާހަކަ ވާހަކަ ނުދެކެވޭ އަދި އެ ވާހަކައެއް ދައްކަން ވެސް ގިނަ ބަޔަކު ލަދުވެތިވާ ޖިންސީ ވާހަކަ އާއި ރައްކާތެރި ގޮތުގައި ޖިންސީ އުފާ ހޯދަން ހޭލުންތެރިކަން އުފައްދައި ދިނުމުގެ މުހިއްމުކަން ދައްކުވައިދޭނެ ފިލްމެކެވެ. ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ތޭޖާސް ޑިއޯސްކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މީގައި މައިގަނޑު ކެރެކްޓާ އަކީ ބައޮލޮޖީ ޓީޗަރެއްގެ ކުޅެފައިވާ ބަތަލާ ރަކުލް ޕްރީތު ސިންގް އެވެ. "ޗަތުރީވާލީ" ގެ ކާސްޓްގައި ސުމީތު ވިއާސް، ސަތިޝް ކޯޝިކް، ޑޮލީ އަހްލުވާލިއާ އަދި ރާޖޭޝް ތައިލަންގް ވެސް ހިމެނެ އެވެ.