Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ރައީސަށް ޕްރައިމަރީ ލިބިއްޖެ: ރޮޒޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިހާރު ވެސް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުވެއްޖެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

ރޭ ނ. ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރޭގެ މަންޒަރެއްގައި ގިނަ ބަޔަކު ފޯރި ނަގާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކީ އޭނާ ޓްވިޓާގައި ވިދާޅުވީ "މިކަން މިއޮތީ ނިމިފައި" ކަމަށެވެ.

"މި ޕްރައިމަރީ އޮތީ ރައީސް ސޯލިހަށް ލިބިފައި." ރޮޒޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ. އޭގައި ރައީސާ ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.