މިދިޔަ އަހަރު ކައިވެނިކުރި ބޮލީވުޑްގެ އެކްޓަރު އަދިތިޔާ ސީލް ބައްޕައަކަށް ވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އެވެ.
"ސްޓޫޑެންޓް އޮފް ދި އިޔާ 2" އާއި "އިންދޫ ކީ ޖަވާނީ" އަދި "ތުމް ބިން 2" ފަދަ ފިލްމުތަކުން ފެނިފައިވާ 34 އަހަރުގެ އެކްޓަރާއި އަނުޝްކާ ރަންޖަން، 32، ކައިވެނިކުރީ 2021 ގަ އެވެ. އަނުޝްކާ އަކީ ވެސް މާ މަޝްހޫރު ނޫން ބަތަލާއެކެވެ. އޭނަ މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ 2018 ގެ "ބައްތީ މީޓަރު ގުލް ޗާލޫ" ހިމެނެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަދިތިޔާ އާއި އަނުޝްކާ މި ވަގުތު ތިބީ އާ އަހަރުގެ ޗުއްޓީ އަށް ދިޔަ ގޮތަށް ދުބާއީގަ އެވެ.
އަދިތިޔާގެ އެންމެ ފަހުގެ ފިލްމަކީ މަޝްހޫރު ކޮރިއޮގްރާފަރު ބޮސްކޯ މާޓިސް ޑައިރެކްޓްކޮށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޒީ5 އިން ޕްރީމިއާކުރި މިއުޒިކަލް ސުޕަނެޗްރަލް ކޮމެޑީ ފިލްމު "ރޮކެޓް ގޭންގް" އެވެ.