Last Updated: June 29, 11:41
Monday, June 29, 2026
ޚަބަރު

އެއް ކުޅުންތެރިއަކު ނޫން ކުޅުންތެރިން ދޫކޮށްލައިފި

އަފްޢާން ކުޅުންތެރިން ބަހުން ބާލަނީ. ފޮޓޯ؛ އައްޑޫލައިވް

އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގެ ފަހު މެޗްގައި ލާއޯސް އާއި ވާދަކުރުމަށްފަހު އެނބުރި ހެރެތެރެއަށް ދިއުމަށް ފޭދޫ ބަނދަރަށް ދަތުރު ކުރަމުން ދަނިކޮށް އަފްއާނިސްތާން ކުޅުންތެރިން ދަތުރުކުރި ބަސް އެކްސިޑެންޓްވެ ހިނގި ހާދިސާގައި އަނިޔާވި 5 ކުޅުންތެރިއަކަށް ފަރުވާ ދިނުމަށްފަހު 4 ކުޅުންތެރިއަކު ދޫކޮށްލައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން އުނަގަނޑަށް ގެއްލުން ލިބިފައިވާ އެޓީމްގެ މިޑްފީލްޑަރ މުސްތަފާ އަޒަދުޒޯއީ ފިޔަވައި ދެން ގެނައި ކުޅުންތެރިން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
4

3

amri

2

5

ޓީމް ގޮވައިގެން ދަތުރު ކުރަމުން ދިޔަ މޮޓޯ ކޭޑްގެ އެންމެ ކުރީގައި ހުރި ފުލުހުންގެ ސައިކަލުގައި ކުރިމަތިން ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، ފަހަތުން އައި ހުރިހާ ވެހިކަލެއް ވަނީ އެކަތި އަނެއްޗަށް ޖެހި އެކްސިޑެންޓް ވެފައެވެ.

މިހާދިސާ އާއި ގުޅިގެން އަފްޢާން ޓީމްގެ ކެޕްޓަން ޚާރޫން ފަހުރުއްދީން އަމީރީ އާއި އިތުރު 4 ކުޅުންތެރިއަކާއި، އެޓީމްގެ އެއް ނަމްބަރު ކޯޗު އާއި މީޑިއާ އޮފިޝަލަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހްގީގް ކުރަމުން އަންނަ އިރު އަފްއާން ޓީމަކީ އޭއެފްސީ ޗެލެންޖް ކަްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމެކެވެ.