Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ނީލަން ފިހާރަ، އެކޮމޮޑޭޝަން ބްލޮކްތަކެއް އަނދައި އަޅިއަށް

މިއަދުގެ ވަރަށް ފަތިހުގެ ވަގުތެއްގައި މާލާގެ ނީލަން ފިހާރައިގައި ރޯވި ހާދިސާގައި އެތަން އަނދައި އަޅިއަށްވެއްޖެ އެވެ.

ނީލަން ފިހާރ ކައިރީގައި ހުރި މާލޭ ސިޓީ ކައުންސިލް ގެ އެކޮމޮޑޭޝަން ބްލޮކްތައް ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ. އެ ތަންތަނުގައި 200 އެއްހާ ބިދޭސީން އުޅެމުން އައި ކަމަށް އެނގިފައިވެ އެވެ. އަލިފާން ރޯވި އިރު، އޭގެ ތެރެއިން ބައެއް މީހުން ތިބީ ޑިއުޓީގަ އެވެ. އަދި ބައެއް މީހުން ނިދާފައި ތިބި، ރޯވި އިރު ބައެއް ބިދޭސީން ތޮބީ ފަތިސް ނަމާދަށް ދިޔަ ގޮތަށް ބޭރުގަ އެވެ.

ނީލަން ފިހާރައިގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ފަތިހު 5:43 އެހާހަށްހާ އިރު، އެވެ. އެ މައުލޫމާތު ލިބުނާ އެކީ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން އެ ސަރަހައްދަށް ގޮސް ފެން ޖަހައި އަލިފާން ނިއްވުމުގެ މަސައްކަތް ފެށި އެވެ.

ނަމަވެސް ރޯވި ބޮޑު އަލިފާންގަަނޑު ކޮންޓްރޯލް ވަރަށް ބޮޑަށް މިހާރު ކުރެވުނު އިރު ނީލަން ފިހާރަ އޮތީ އަނދައި އަޅިއަށްވެފަ އެވެ. އެމްޑީއެންޑިއެފުން ބުނިގޮތުގައި އަލިފާނުގެ 70 ޕަސެންޓް ވަނީ ކޮންޓްރޯލްކުރެވިފަ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ނީލަން ފިހާރައިގައި ރޯވުމުގެ ކުރިން އެއްޗެއް ގޮވައި ބާރު އަޑައެއް މުޅި ސަރަހައްދަށް ފެތުރިގެން ދިޔަ އެވެ. ނަމަވެސް ރޯވާން ދިމާވީ ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. މި ހާދިސާއާ ގުޅިގެން ނީލަން ފިހާރަ ހިމެނޭ ސަރަހައްދުގައި ހިމެނޭ ސްކޫލްތައް ކަމަށްވާ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެ ސްކޫލްތަކަށް އެކޮމޮޑޭޝަން ބްލޮކްތަކުގައި އުޅުނު ބިދޭސީން ވަނީ ޖަމާކޮށްފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތަށް ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތަކެއް ވަނީ އާންމު ދަތުރުފަތުރަށް އޮތީ ބަންދުކޮށްފަ އެވެ. އަދި ދުމުގެ އަސަރުކުރާ ގެތަކުގެ މީހުން، ދުމުން ރައްކާތެރިވުމަށް މާސްކް އެޅުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ނިލަން ފިހާރަ އަކީ ކުރިން ވެސް އަލިިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައިވާ ތަނެކެވެ.