ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލަ ސާބިތުވެ، ގޭބަންދުކުރި ނާޒިމް ސައްތާރު ގޭބަންދުން މިނިވަންވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދ ނަޝީދުގެ ކޮއްކޮ ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ގަ އެވެ. ނާޒިމަށް އިއްވި ގޭބަންދުގެ ހުކުމުގެ މުއްދަތު ހަމަވުމާ އެކީ އޭނާ މިހާރު ވަނީ މިނިވަންވަފަ އެވެ.
ނާޒިމްގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށްސާބިތުވީ އަމިއްލަ އިއުތިރާފާ އެކީގަ އެވެ.
އެމްޑީ އަލަމްގީރާ އެކީ ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން ގުޅުން ހިންގައި، އޭގެ ތެރެއިން ބައެއް މީހުންގެ ވީޑިއޯ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާންމުވާން ފެށި އިރު، އެންމެ ފުރަތަމަ އާންމުވީ ނާޒިމްގެ ވީޑިއޯ އެވެ.

ނާޒިމްގެ އިތުރުން ވެސް އަލަމްގީރާ ގުޅުން ހިންގި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުގެ ޖަލަށް ލާފައިވެ އެވެ. އޭގެ ތެރެއިނ އެކަކީ ކުރީގެ ފުލުހެއް ކަމަށްވާ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) އެވެ.
އަލަމްގީރް ވެސް އަންނަނީ ކުށް ސާބިތުގެ ދިގު ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
އޭނައާ އެކު ގުޅުން ހިންގި މީހުންގެ ވީޑިއޯތައް ދައުރުކޮށް، ބްލެކްމެއިލް ކުރި މައްސަލާގައި ވެސް ތިން މީހަކު ހައްޔަރުކޮށްފ އެވެ. އެކަމަކު އެ މީހުން ދޫކޮށްލައިފަ އެވެ. އެއީ ބ. ދަރަވަންދޫ އަކިރި، ހަމްދޫން އަބްދުﷲ، 37، އާއި އެ ރަށު ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، ގެ އިތުރުން ށ. ފުނަދޫ ސީސްޓާ މައުމޫން މޫސާ، 41، އެވެ.